ޔާމީންގެ އެނބުރި އައުމަށް އެހީތެރިވާ ފަރާތްތަކަށް މާފެއްނުކުރެވޭނެ: ޝާހިދު
ކުރީގެ ރައީސް އަބްދުﷲ ޔާމީން ސިޔާސީ ގޮތުން އެނބުރި އައުމަށް އެހީތެރިވެދޭ ފަރާތްތަކަށް މަޢާފެއް ނެތްކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
މިނިސްޓަރ ޝާހިދު ވިދާޅުވީ ރައީސް ޔާމީން ސިޔާސީ ގޮތުން އެނބުރި އައިސްފިނަމަ ރިޔާސީ އިންތިޚާބުގެ އުންމީދުތައް ގެއްލިގެންދާނެކަމަށާއި އެތައް ބަޔަކު އަނިޔާވެރިކަމާއި ދެކޮޅަށް ވީ ގުރުބާނީތައް ފެނަށް ދާނެކަމަށެވެ.
ޝާހިދު އިިތުރަށްވަނީ ތާރީޚާއި އަންނަންއޮތް ޖީލުތަކުންވެސް ރައީސް ޔާމީންގެ ސިޔާސީ އެނބުރި އައުމަށް އެހީވެދޭ ފަރާތްތަކަށް މާފުނުުކުރާނެކަމަށް ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް