N/A
N/A
ހަބަރު 21 Nov 2019 | 10:52

ސަލަފު އަށް ފިޔަވަޅު އަޅަން ކޮމެޓީން ފާސްކުރީ ހަސަން ލަތީފު އެކަނި އިންނަވައިގެން

ރާއްޖޭގައި ދީނީ ގިނަ އިލްމުވެރިންތަކެއް ގުޅިގެން ހަރަކާތްތެރި ވަމުން އަންނަ ޖަމުއިއްޔަތުއް ސަލަފު އަށް، ފިޔަވަޅު އަޅަން 241 ކޮމެޓީގެ ސަބް ކޮމެޓީން ފާސްކުރީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އެކަނި އިންނަވައިގެން ކަމަށް އެ ކޮމިޓީގައި ދެން ހިމެނިވަޑައިގަންވާ ދެ މެމްބަރުން ވިދާޅުވެއްޖެ އެވެ.

ސަބް ކޮމެޓީގައި ދެން ހިމެނިވަޑައިގެންނެވި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ތިއްބެވި ނަމަވެސް ރިޕޯޓް ތައްޔާރުކުރީ ހަސަން ލަތީފެވެ. އަދި ފާސްކޮށް ސޮއިކުރެއްވީ ވެސް ހަސަން ލަތީފު އެކަންޏެވެ.

އެކަން ހާމަވީ މިރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސަބް ކޮމެޓީގައި ދެން ތިއްބެވި ދެ މެންބަރުން ކަމަށްވައި އާދަމް ޝަރީފާއި ހުސައިން މުހައްމަދު ލަތީފު ވިދާޅުވުމުން ނެވެ.

ހުސައިން މުހައްމަދު ލަތީފު ވިދާޅުވީ، ކޮމެޓީ ބައްދަލުވުން އިއްޔެ ފެސި އިރު ކޮމެޓީގައި އޭނާ އިންނެވި ނަމަވެސް ވަކި ހިސާބަކުން އާއިލީ ކަމެއް ދިމާވެގެން ކުއްލި އަކަށް ގެޔަށް ދާންޖެހިގެން ދިޔައީ ކަމަށެވެ. އެކޮމެޓީގައި އެއްވެސް ކަމެއް ފާސްކުރުމަށް ގުޅައިފައި ނުވާ ކަމަށް ހުސެން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއީ މަޖިލީހުގެ އުސޫލުތަކާއި ވެސް ހިލާފު ކަމެއް ކަމަށެވެ.

ކޮމެޓީގައި ދެން ހިމެނިވަޑައިގަންނަވާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފުވެސް މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، މައި ކޮމެޓީއަށް ފޮނުވަން ސަބް ކޮމެޓީން ތައްޔާރުކޮށްފައިވާ ރިޕޯޓުވެސް އޭނާ ވިދާޅުވެފައި ނުވާ ކަމަށެވެ.

އާދަމް ޝަރީފު ވިދާޅުވީ، އެ ކޮމިޓީ ރިޕޯޓު އެކުލަވާލި އިރު ސަބް ކޮމިޓީގައި އޭނާ ބައިވެރިވި ކަމަށާއި ނަމަވެސް އެ ރިޕޯޓަކީ ސަބް ކޮމިޓީން ފާސްކޮށްގެން މައި ކޮމިޓީއަށް ހުށަހެޅި ރިޕޯޓެއް ނޫން ކަމަށެވެ.

މަޖިލީހުގެ ރައީސް އިއްޔެ ވިދާޅުވެފައިވަނީ ސަލަފަކީ ޓެރަރިސްޓް އަމަލުތަކަށް ހިތްވަރުދޭ ޖަމާއަތެއް ކަމަށާއި އެޖަމާއަތާ މެދު މަޖިލީހުން ގޮތެއް ނިންމާނެ ކަމަށެވެ.

ސަލަފު ޖަމުއިއްޔާއަށް ފިޔަވަޅު އަޅަން ނިންމީ، ޑރ. އަފްރާޝީމު އަލީގެ މަރުގެ މައްސަލަ، މަރުކޮމިޝަނުން އަލުން ތަހުގީގު ކުރުމަށްފަހު ނެރުނު ރިޕޯޓުގައި ސަލަފުގެ މައްޗަށް ދީނީ ހަރުކަށި ވިސްނުން ގެންގުޅޭ ޖަމުއިއްޔާއެއް ކަމަށްބުނެފައިވާތީއެވެ. ނަމަވެސް ސަލަފުން އެކަން ދޮގުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...