ޕީޕީއެމްގެ ކުލަ މިހާރު ބޭނުން ކުރެވެނީ ސިއްދީގުގެ ސަަބަބުން- ޕީޕީއެމް އެސްޖީ
ޕީޕީއެމްއާއި އެޕާޓީގެ ކުލަ މިހާރު ބޭނުންކުރެވެނީ އެޕާޓީގެ ފަރާތުން ތުލުސްދޫ ދާއިރާއަށް ކުރިމަތިލާފައިވާ ކެނޑިޑޭޓް އަހުމަދު ސިއްދީގުގެ ސަބަބުން ކަމަށް ޕީޕީއެމް ގެ ސެކެޓްރީ ޖެނެރަލް ސަކީލް ވިދާޅުވެއްޖެއެވެ.
ސިއްދީގަށް ކެމްޕެއިން ކުރުމަށް ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ސަކީލް ވިދާޅުވީ ޕީޕީއެމްގެ ކުލަ މިހާރު ބޭނުންކުރެވނީ އަހުމަދު ސިއްދީގުގެ ސަބަބުން ކަމަށެވެ. ރައީސް ޔާމީން އަޒުލްކުުރުމަށްޓަކައި އަދި ޕީޕީއެމް އަތުލުމަށް ބަޔަކު ކުރި މަސައްކަތް ނާކާމިޔާބު ވެގެން ގޮސްފައިވަނީ ސިއްދީގުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޕީޕީއެމްގެ ކައުންސިލު ދެބައިވެގެން ދިޔައިރު ރައީސް ޔާމީނާއި ދެކޮޅަށް އެއްވޯޓް އިތުރުވެގެން ދިޔަ ވަގުތުގައިވެސް އެކަން ނާކާމިޔާބު ވެގެން ދިޔައީ އެ ކައުންސިލް ބައްދަލުވުމުން ސިއްދީގު ނިކުންނެވުމުން ކައުންސިލްގެ ކޯރަމް ގެއްލިގެން ދިއުމުނ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އެއާއެކު ތުުލުސްދޫ ދާއިރާއިގެ ރައްޔިތުންނާއި އެކު ރައީސް ޔާމީނަށް ތާއީދުކުރާ ހުރިހާ ރައްޔިތުންވެސް ސިއްދީގު ކޮށްދެއްވި މަސައްކަތަށް ޝުކުރުވެރިވާން ޖެހޭނެ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ތުލުސްދޫ ދާއިރާއަށް ސިއްދީގު ވާދަކުރައްވަނީ ރައީސް ޔާމީންގެ ފުރިހަމަ ތާއީދާއި އެކުގައި ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް