އިންޑިޔާއަށް ފިލަން އުޅުނު މައްސަލައިގައި އަދީބުގެ މައްޗަށް ދައުވާކޮށްފި
ޓަގްބޯޓެއްގައި ފިއްލަވައިގެން އިންޑިޔާއަށް ވަޑައިގަންނަވަން އުޅުނު މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުވާކޮށްފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މައުލޫމާތު ދޭގޮތުގައި ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އަދީބުގެ މައްޗަށް މިއަދުވަނީ ކްރިމިނަލް ކޯޓުގައި އުފުލާފައެވެ.
އިންޑިޔާއަށް ދަތުރުކުރި ވާގޯ9 ނަމަކަށްކިޔާ ބޯޓެެއްގެ ފަޅުވެެރިއަކަށް ހެދިގެން އެގައުމަށް އެތެރެވާން އުޅެނިކޮށް އަދީބު އަތުލައިގަތީ މިމަހުގެ ފުރަތަމަ ދުވަހުގައެވެ.
އެބޭފުޅާ އިންޑިޔާގެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރުމަށްފަހު، ދިވެހި ފުލުހުންނާއި ހަވާލުކުރުމުން ވަނީ ހައްޔަރުކޮށްފައެވެ.
އަދީބު މިވަގުތު ހުންނެވީ ޅ.މާބިންހުރާގެ އިސްތިއުނާފީ މައްސަލަ ނިމެންދެން ސުޕްރީމް ކޯޓުގެ ވަގުތީ އަމުރެއްގެ ދަށުން ބަންދުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް