ޖަނަވަރީ 2 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
2025 ޖަނަވަރީ 2 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވިކަން ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައެވެ.
މީލާދީ އާ އަހަރު ފެށޭ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއް ކަމަށްވާއިރު އެ ދުވަސް ވަނީ ބުދަ ދުވަހަކަށެވެ.
އެހެންކަމުން، އެ ދުވަހާ ޖެހިގެން އަންނަ ދުވަސް ކަމުގައިވާ 2025 ޖަނަވަރީ 2 ވާ ބުރާސްފަތި ދުވަހަކީ، ރަސްމީ ދުވަހެއް ކަމަށްވާތީ، ބަންދު ދުވަސްތަކަށް މެދުކެނޑުމެއްނައިސް، މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައި ކަމަށް ބުރާސްފަތި ދުވަސްވެސް ސަރުކާރު ބަންދު ކުރެއްވީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް