މ.މުލަކުން 800 ރުއްް ނަގަނީ
ރަށުގެ ތަރައްގީގެ މަޝްރޫއުތަކެއް ހިންގުމަށް މ.މުލަކުން 800 އެއްހާ ރުއްތައް ނަގަން އިއުލާންކޮށްފިއެވެ.
މި ރުއްތައް ނެގުމަށް ނިންމާފައިވަނީ މުލަކު ބޯޅަ ދަނޑު އެޅުމަށާއި ގޯތި ދޫކުރިތަނުން މަގު ހެދުމަށާއި ކުނިކޮށްޓަށް ދާން މަގު ހެދުމަށް ކަމަށެވެ.
މުލަކު ކައުންސިލުން ކުރި އިއުލާންގައި ބުނެފައިވަނީ އެރަށުން 819 ރުއް ނެގޭނެކަމަށެވެ. އަދި އެ ރުއްތައް ނެގުމަށް ފަހު އަލުން އިންދާނެ ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފައެވެ.
މި ރުއްތައް ނެގުމަށް އާންމުކޮށް އިއުލާންކުރީ، އެހާގިނަ ރުއްތައް ނެގުމަކީ ކައުންސިލަށް ކުރެވޭނެކަމަކަށް ނުވާތީ ކަމަށް ވަނީ އެފަރާތުން ބުނެފައެވެ.
މިކަމާއި ގުޅިގެން ގިނަ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް