މިރޭ 9 ފެށިގެން ލަންކާގައި އަނެއްކާވެސް ކާފިޔު ހިންގަނީ
ސްރީލަންކާގައި ހިނގަމުންދާ ނިރުބަވެރި ހަރަކާތްތަކާއި ގުޅިގެން މިރޭ ނުވަޔަކުން ފެށިގެން އަނެއްކާވެސް ކާފިޔު ހިންގަން ނިންމައިފިއެވެ.
އެގައުމުގެ މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި މިއަދުގެ ކާފިޔު ހިންގާނީ މިރޭ ނުވަޔަކުން ފެށިގެން މާދަމާ ފަތިހު ހަތަރެއް ޖަހަންދެންނެވެ. ކާފިޔު ހިންގަމުންދާ ވަގުތުގައި ބޭރަށް ނުކުމެ އުޅުމަކީ މަނާ ކަމެކެވެ.
ސްރީލަންކާގައި ކުއްލި ހާލަތު އިއުލާންކޮށް، ކާފިޔު ހިންގަމުންދަނީ މިދިޔަ އާދިއްތަ ދުވަހު ދިން ނިރުބަވެރި ހަމަލާތަކަކާއި ގުޅިގެންނެވެ.
މި ހަމަލާތަކުގައި 200އަށްވުރެ ގިނަ މީހުން މަރުވެފައިވާ އިރު، ގިނަބަޔަކު ވަނީ ޒަހަމްވެފައެވެ.
މި ހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުން ނަގާފައިވާކަމަށް ރޮއިޓާސްއިން ވަނީ ރިޕޯޓްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް