ޖޭއެސްސީއަށް ވަކީލަކު ހޮވުމުގެ އިންތިޚާބު ފަށައިފި
ޖުޑީޝަލް ސާރވިސް ކޮމިޝަންއަށް ވަކީލުންގެ ތެރެއިން އައްޔަންކުރާ ފަރާތެއް ހޮވުމުގެ އިންތިޚާބު ފަށައިފިއެވެ.
މިއަދު ހެނދުނު ނުވައަކުން ފެށިގެން ހަވީރު ފަހެއް ޖަހަންދެން ކުރިއަށްދާ މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 1487 ވަކީލުންނަށް ލިބިފައިވެއެވެ.
މި އިންތިޚާބުގައި ވޯޓުލުމަށް މާލެއާއި އައްޑޫގައި ވަނީ ވޯޓުފޮށިތައް ބެހެއްޓިފައެވެ.
މި އިންތިހާބުގައި ހަ ވަކީލުން ވާދަކުރެ އެވެ. އެ ވަކީލުންނަކީ:
1. އަލީ ރަޝީދު، ކުންނާރުގެ، ދ. ރިނބުދޫ
2. އަބްދުލްމާނިއު ހުސައިން، އަންބަރީގެ، ހއ. އިހަވަންދޫ
3. އަހްމަދު ނަޝީދު ހުސައިން، ދަފްތަރު ނަންބަރު ރސ 1890
4. އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު، މާޒީ، ލ.މާވަށް
5. މަރްޔަމް ހަނީފާ ހާލިދު، އަނބުގަސްދޮށުގެ، ހއ. ކެލާ
6. އަބްދުލްހަންނާން އަހްމަދު، ގ.އަސްމަހި، މާލެ، މިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް