އެއާޕޯޓަށް ފުރަން ދިޔަ ދިވެއްސެއްގެ އަތުން ވަޒަނެއްގެ ހުސް ދޯރިއެއް ފެނިއްޖެ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޑޮމެސްޓިކް ޓާމިނަލުން މިއަދު ހެނދުނު ފުރަން ދިޔަ ދިވެހި ފިރިހެނެއްގެ އަތުން ވަޒަނެއްގެ ހުސް ދޯރިއެއް ފެނިއްޖެއެވެ.
ފުލުހުން ބުނީ އެ ދޯރި ފެނުނީ އެ މީހާ ޓާމިނަލަށް ގޮސް ހުއްޓައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ހިންގި ރޫޓީން ސްކްރީނިން މަރުހަލާގައި ކަމަށެވެ.
ނަމަވެސް މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ރާއްޖޭގެ ޤާނޫނުތައް ބުނާ ގޮތުން ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން ދޫކުރާ ޚާއްޞަ ހުއްދައެއް ނެތި ހަތިޔާރާއި ވަޒަން ފަދަ ތަކެތި ގެންގުޅުމަކީ މަނާ ކަމެކެވެ. މިއީ ޖިނާއީ ބޮޑު ކުށެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް