ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އުވާލައި، މުވައްޒަފުންނާއި ވަސީލަތްތައް އާ ހޮސްޕިޓަަލަށް!
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އުވާލުމަށް ސަރުކާރުން ނިންމައި އެކަން ހެލްތު މިނިސްޓްރީއަށް އަންގައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާ ސޮއިކުރައްވައި ހެލްތް މިނިސްޓަރ އަބްދުﷲ އަމީނަށް މިއަދު ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ހިތަދޫގައި އަލަށް ގާއިމްކޮށްފައިވާ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަކީ ޓާޝަރީ ހޮސްޕިޓަލަަކަށް ހެދުމަށް ނިންމާފައިވާ ކަމަށެވެ.
އަދި މިވަގުތު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތްތައް އެތަނަށް ބަދަލުކުރުމަށްވެސް ނިންމާފައިވާކަމަށް ވަނީ ބުނެފައެވެ.
އެހެންކަމުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި މިވަގުތު ތިބި މުވައްޒަފުންނާއި އެ ހޮސްޕިޓަލްގެ މުދަލާއި އެހެނިހެން ވަސީލަތްތައް އަލަށް ގާއިމްކުރެވުނު އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ބަދަލުކުރުމުގެ އެންމެހައި ކަންކަން ކަމާބެހޭ އިދާރާތަކާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ވަނީ އެދިފައެވެ.
ހިތަދޫ ކޮންވެންޝަން ސެންޓަރގައި ގާއިމްކޮށްފައިވާ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ މަސައްކަތްތައް ނިންމުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ދަނީ ކުރަމުންނެވެ.
ފޮޓޯ: ސަން
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް