ބ. ކެންދޫގައި ކުރިއަށްގެންދިޔަ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުގެ މަސައްކަތްތައް ނިންމާލައިފި
ލިޔުންތެރިޔާ
އަޙްމަދު އާހިލް ސަޢީދު
ބ. ކެންދޫގައި ޕޮއިސްޑް ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދިޔަ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުގެ މަސައްކަތްތައް ނިންމާލައިފިއެވެ.
މި މަޝްރޫއަކީ ރަށްރަށުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަރަންޓު އުފެއްދުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ މުހިންމު މަސައްކަތެކެވެ. މި މަޝްރޫއުގެ ދަށުން ކެންދޫގައި ވަނީ ސޯލާ ޕީވީ ސިސްޓަމެއް ގާއިމުކޮށްފައެވެ.
އެގޮތުން އެ ރަށު ސްކޫލުގެ ފުރާޅާއި، ބަނދަރު ސަރަހައްދުގައި ޖުމްލަ 249.7 ކިލޯވޮޓުގެ ސޯލާ ޕެނަލްތައް ވަނީ ހަރުކުރެވިފައެވެ. މިއީ އެ ރަށަށް ބޭނުންވާ ކަރަންޓުގެ ބޮޑު ބައެއް އިރުގެ އަލިން އުފެއްދުމަށް މަގުފަހިވެގެންދާނެ ބަދަލެއްކަމަށް ފެނަކައިން ބުންޏެވެ.
ފެނަކަ އިން އެކްސްގައި ކުރި ޕޮސްޓް
މި މަސައްކަތްތައް އަމަލީގޮތުން ކުރިއަށްގެންގޮސްފައިވަނީ ފެނަކަ އިންނެވެ. ފެނަކަ އިން މި މަޝްރޫއު ނިންމާލާފައިވަނީ ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް، ރަށުގެ އެކި ސަރަހައްދުތައް ބޭނުންކޮށްގެންނެވެ.
މީގެ ސަބަބުން އިންޖީނުގެއިން އަންދާ ޑީސަލްގެ މިންވަރު ބޮޑުތަނުން މަދުވެ، ހަރަދުތައް ކުޑަވެގެންދާނޭކަމަށް ފެނަކައިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް