8 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ
ރާއްޖޭގެ ރަށެއްގައި އުމުރުން 8އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި ޖުލައިމަހުގެ ތިންވަނަ ދުވަހު ރާއްޖޭގެ ދެކުނުގެ ރަށެއްގައި އުމުރުން 8އަހަރުގެ ކުއްޖަކަށް އޭނާގެ ތިމާގެ މީހަކު ޖިންސީގޯނާ ކުރި މައްސަލައެއް ހުށައެޅިފައިވާ ކަމަށެވެ.
މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.
ބައެއް މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި އެ ކުއްޖާގެ މެޑިކަލް ޓެސްޓެއް ވަނީ ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ވަނީ ހައްދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް