ނިދުމުގެ ކުރިން ކަނީ ކޯޗެއް؟
ނިދުމުގެ ކުރިން ކެއުން އެދެވިގެންނުވާ ބައެއް ކާނާ ހުންނަކަން އެނގޭހެއްޔެވެ؟ ސިއްހީ މާހިރުން ބުނާ ގޮތުގައި އެންމެ އެދެވިގެންވާ ގޮތަކީ ނިދުމުގެ 5 ގަޑިއިރު ކުރިން ކެއުމެވެ. މި ލިޔުމުގައި މި ހިމަނާލަނީ ނިދަން ވަގުތު ކުޑަތަން ވެފައި ވަނިކޮށް ކެއުން އެދެވިގެން ނުވާ ބައެއް އެއްޗެއްސެވެ.
ޕިއްޒާ
މިއީ ދިވެހިންގެ ތެރޭގައި މިހާރު ވަަރަށް މަޤްބޫލް ފާސްޓްފުޑެކެވެ. ރޭގަނޑު ގޭގައި ސިޓިން ރޫމްގައި ޓީވީ ބަލަން ތިބޭއިރު، ޕިއްޒާއަކަށް އޯޑަރު ކޮށްލައިގެން ނޫނީ ޓީވީ ބަލަން ނުތިބެވޭ މީހުންވެސް މަދެއް ނޫނެވެ. އެހެންނަމަވެސް ނިދަން ވަގުތު ކުޑަތަން ވެފައި ވަނިކޮށް، ޕިއްޒާ ކެއުމަކީ އެހާ ރަނގަޅު ކަމެއް ނޫނެވެ. ޕިއްޒާގައި އެކުލެވޭ ޗީޒް އަދި އެސިޑިކް ޓޮމާޓޯގެ ސަބަބުން ބަނޑު ސަކަރާތްވެ، ދަންވަރު ފާހާނާ ކުރަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މިއީ ފަލަ ވުމަށްވެސް މަގުފަހި ކުރުވާ ކަމެކެވެ.
ކޮފީ
ކޮފީ އަކީ ނިދި ފިލުވާލާ ބުއިމެކެވެ. އެހެންނަމަވެސް އެކި މީހުންނަށް ކޮފީއިން އަސަރު ކުރަނީ އެކި މިންވަރަށެވެ. ކޮފީ ބުއިމުގެ ސަބަބުން ތިބާގެ ނިދުމަށް އަސަރު ކުރާނަމަ، ނިދުމުގެ 6 ގަޑިއިރު ކުރިން ކޮފީ ބޯށެވެ.
ކުޅި ކާތަކެތި
ކުޅި އެއްޗެހި ކެއުމަކީ، ބައެއް ފަހަރު ވަރަށް ގިނައިން ބޮޑު ކަމު ދިޔުމަށް މަގު ފަހި ކުރުވާ ކަމެކެވެ. އެހެންކަމުން ނިދުމުގެ ކުރިން، ކުޅި އެއްޗެހި ކެއުން އެދެވިގެން ނުވެއެވެ.
ސޮޑާ
ސޮފްޓް ޑްރިންކް ތަކަކީ ނިދުމުގެ ކުރިން ބޭނުން ކުރުން އެދެވިގެންވާ އެއްޗެއްސެއް ނޫނެވެ. މިބާވަތުގެ ބުއިންތަކުގައި ގިނައިން ހަކުރު އަދި ކެފެއިންވެސް ހުރެއެވެ. ނިދުމުގެ ކުރިން މިފަދަ ބުއިންތައް ބޭނުން ކުރާ މިންވަރު މަދު ކުރުން ވަރަށް މުހިއްމެވެ.
ބާގަރ
މިއީ އެއްވެސް ވަރަކަށް ހަށިގަނޑަށް ލުއިވާނެ ކެއުމެއް ނޫނެވެ. ނިދުމުގެ ކުރިން ބާގަރ ކެއުން އެދެވިގެން ނުވަނީ މިފަދަ ކާއެއްޗެހި ހަޖަމު ކުރުމަށްޓަކައި، ހަށިގަނޑުގެ ހަޖަމު ކުރާ ނިޒާމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭތީއެވެ. އަދި މިފަދަ ކެއުން ނިދުމުގެ ކުރިން ކާނަމަ، ނިދި ބަލިވެ، ފަސޭހައިން ހޭލެވޭ ގޮތްވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް