މިނިސްޓަރ ޝާހިދު ސްރީލަންކާގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި
ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެެރެއިން، ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ސްރީލަންކާގެ އިސްވެރިންނާއި ބައްދަލުކުރައްވައިފިއެވެ.
އެގޮތުން އެމަނިކުފާނު ވަނީ އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާއި ބައްދަލުކުރައްވައި، ރާއްޖޭގެ ރައްޔިތުން ސްރީލަންކާާއާއި އެގައުމުގެ ސަރުކާރާއި ދެމިއޮތްކަން ހާމަކުރައްވާފައެވެ. އަދި ވިސާގެ މައްސަލަތަކާއި ކައުންޓަރ ޓެރަރިޒަމްއާއި ބެހޭގޮތުންވެސް ދެބޭފުުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
މިނިސްޓަރ ޝާހިދު މީގެ އިތުރުން ވަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކަރޫ ޖަޔަސޫރިޔާ އަދި އެގައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސައާއިވެސް ބައްދަލުކުރައްވާފައެެވެ. ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސައާއި ބޭއްވި ބައްދަލުވުމުގައި ޝާހިދު ވަނީ ރާއްޖޭގެ ބެލުމުގެ ދަށުގައި އޮތް ހަތަރު މަސްބޯޓު ދޫކުރައްވާނެކަމަށް ހާމަކުރައްވާފައެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ އެގައުމުގެ ހޯމް އެފެއާޒް މިނިސްޓަރ ވާޖިރާ އަބޭވަރްދަނައާއި ވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި ފޮރިން މިނިސްޓަރގެ އަރިހުގައި ލަންކާގައި ހުންނަ ރާއްޖޭގެ ސަފީރު އުމަރު އަބްދުލްރައްޒާގްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް