މަޑުއްވަރީން ހައްޔަރުކުރި މީހުންގެ އަދަދު 2އަށް!
ރ.މަޑުއްވަރީގައި ސަލާމަތީ ބާރުތަކުން ހިންގަމުންދާ ޚާއްސަ އޮޕަރޭޝަންގެ ތެރެއިން އިތުރު މީހަކު ހައްޔަރުކޮށްފިއެވެ
ދީނީގޮތުން ހަރުކަށި ފިކުރު ފަތުރާ މައްސަލައިގައި ފުލުހުން ހިންގާ ޚާއްސަ އޮޕަރޭޝަންގައި މިހާާތަނަށް ހައްޔަރުކޮށްފައިވަނީ 30 އަހަރާާއި 34 އަހަރުގެ ފިރިހެނެއް މައުލޫމާތު ލިބެއެވެ.
މިއަދު ފުލުހުންގެ އިދާރާއިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، ރަށުގައި ހަރުކަށި ފިކުރު ފަތުރައި، ދައުލަތުގެ އާންމު ނިޒާމާއި އިދާރީ އިންތިޒާމްތަކުން ބޭރުން ވަކި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު އަންހެނުންނާއި ކުޑަކުދިން ހައްގުތަކުން މަހުރޫމްކޮށް, އެ ފަރާތްތަކުގެ ނާޖާއިޒް ފައިދާ ނަގަމުންދާ ކަމަށެވެ.
އެގޮތުން އަންހެނުނާއި ކުޑަކުދިން މުޖުތަމައުއިން ވަކިކޮށް، ސިއްހީ ގޮތުން ދިނުމަށް ލާޒިމްކުރާ ވެކްސިން ނުދީ ތައުލީމް ހާސިލް ކުރުމުގެ ހައްގުން މަހުރޫމްކޮށްފައިވާ ކަމަށެވެ.
އޭގެއިތުރުން ކުޑަކުދިންނާއި މީހުން ކައިވެނިކޮށްގެން ކަމަށް ބުނެ ގެތަކުގައި ބަންދުކޮށްގެން ގެންގުޅޭ ކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ.
ދަރިމައިވުމާއި އުފަންވަނިވި ސިއްހަތާ ގުޅޭ ސިއްހީ އިންތިޒާމްތަކުން އަންހެނުން މަހުރޫމްކޮށް އެފަދަ އަންހެނުންގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅިފައިވާ ކަމަށް ބުނެފައި ވެއެވެ.
''ލިބެމުންދާ މައުލޫމާތާ ގުޅިގެން މިކަންކަން ކުރުމުގައި އިސްވެ ހަރަކާތްތެރިވާ ފަރާތްތައް ހޯދައި ދެނެގަނެ، މިތަންތަނުގައި ތިބި އަންހެނުންނާއި ކުޑަކުދިންގެ ހާލަތު ބަލައި، އެ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށްޓަކައި ހިންގޭ އޮޕަރޭޝަނެކެވެ." ފުލުހުންގެ ބަޔާނުގައިވެ އެވެ.
ފުލުހުން ބުނިގޮތުގައި، ހައްދުފަހަނަ އަޅާފައިވާ ފިކުރުގެ ތެރެއިން ހައްގަކާއި ނުލައި މީހުންގެ މުދަލާއި ތަކެއްޗަށް އަރައިގަނެ ޖިނާއީ އަމަލުތައް ހިންގާ މީހުންނާ ދޭތެރޭގައި އެ އޮޕަރޭޝަންގައި ފިޔަވަޅު އަޅާނެ އެވެ. އޭގެތެރޭގައި، އެކަންކަން ދިފާއުކޮށް، ހިތްވަރުދޭން މަސައްކަތް ކުރާ މީހުން ހިމެނޭނެ ކަމަށް ބަޔާނުގައި ވެއެވެ.
ބަޔާނުގައި ބުނެފައިވަނީ، ފުލުހުން އެ ރަށަށް އެރީ ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާ ޚިލާފުވެ، ޓެރަރިސްޓު ޖަމާއަތްތަކަށް މީހުން ރެކްރޫޓްކޮށް ހިންގުމުގެ މަސައްކަތާ ދެކޮޅަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް