ގައުމީ ދިދަ ބޭނުންކުރުމުގެ އުސޫލު ބާތިލުކޮށްފި
އާންމު ފަރާތްތަކަށް ދިދަ ބޭނުންކުުރުމުގައި ގިނަ އުނދަގޫތަކެއް ކުރިމަތިކުރުވި ގައުމީ ދިދަ ބޭނުންކުރުމުގެ އުސޫލު ބާތިލްކުރުމަށް ހޯމް މިނިސްޓްރީން ނިންމައިފިއެވެ.
އެކަން ހޯމް މިނިސްޓްރީން ވަނީ އަންގާ އިއުލާންކޮށްފައެވެ.
ހޯމް މިނިސްޓްރީން 2017ވަނަ އަހަރު އެކުލަވާލި އުސޫލުގެ ދަށުން ރާއްޖޭގެ ގައުމީ ދިދަ ތަންތަނުގައި ނަގާނަމަ ހޯމް މިނިސްޓްރީން ހުއްދަ ހޯދަން ޖެހުނެވެ. އަދި ރާއްޖޭގެ އެއްވެސް ރަށެށްގައި ގައުމީ ދިދައަށް ވުރެ އުސްކޮށް އެހެން ދިދައެއް ނުނެގޭނެ ގޮތަށް ހަމަޖެއްސިއެވެ.
މިއާއި ފުލުހުން ވަނީ ރަށްރަށުގައި ހުރި އެމްޑީޕީގެ ބޮޑު ދިދަތައް ނަގާފައެވެ.
މީގެ އިތުރުން އެ އުސޫލުގައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދިދަ ނުވަތަ އެ ދިދައާ ވައްތަރު ދިދައެއް ނުވަތަ ނިޝާނެއް އެހެން އެއްވެސް ފަރާތަކުން ބޭނުން ކުރުމަކީ މަނާކަމެއްގެ ގޮތުގައި ކަނޑައަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް