ޑީއާރްޕީއަށް މެންބަރުން އިތުރުކުރުމުގެ ހަރަކާތެއް ފަށައިފި
ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)އަށް މެންބަރުން އިތުރު ކުރުމަށް ޚާއްސަ ހަރަކާތްތަކެއް ފަށައިފިއެވެ.
އެގޮތުން މިއަދު ހަވީރު ވަނީ މާލޭގެ ބޭންކް އޮފް ސިލޯންގެ ކުރިމަތީގައި "ޑީއާރްޕީ ރަންޒަމާނަކަށް" ނަމުގައި ވަނީ މެންބަރުންގެ އަދަދު އިތުރުކުރުމުގެ ހަރަކާތެއް ބާއްވާފައެވެ. މި ހަރަކާތުގައި އެ ޕާޓީއަށް ގިނަ އަދަދެއްގެ ފަރާތްތަކުން ގުޅިފައިވާ ކަަމަށް އެޕާޓީން މައުލޫމާތު ދެއެވެ.
ކުރިއަށް އޮތް ތަނުގައި މިފަދަ ގިނަ ހަރަކާތްތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގުމަށް ޑީއާރްޕީން ވަނީ ނިންމާފައެވެ.
ދާދިފަހުން ޑީއާރްޕީގެ ލީޑަރކަމާއި ހަވާލުވެ ވަޑައިގަތް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ލީޑަރޝިޕްގެ ދަށުން އެޕާޓީގެ ހަރަކާތްތައް ވަނީ މެކުހަށް ޖަހާފައެވެ.
ފޮޓޯ: ވަގުތު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް