ގާޒީ އަބްދުލްބާރީ އެމްއެމްޕީއާރްސީގެ ފައިސާ ނެންގެވި މައްސަލައެއް ބަަލަނީ
ޖުވެނައިލް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގައި ހުންނެވި އަބްދުލްބާރީ ޔޫސުފް، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ނެންގެވި މައްސަލައެއް ބަލަން ފަށައިފިއެވެ.
ޖޭއެސްސީން ބުނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާއިން މާލީ މަންފާ ލިބިފައިވާ ފަނޑިޔާރުންގެ ތެރެއިން އަބްދުލްބާރީގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގޭވަރަށް މައުލޫމާތު ލިބިފައިވާތީ، އެ މައްސަލަ ތަހުގީގުކުރާކަން ފުލުހުން ސިޓީއަކުން އަންގާފައިވާ ކަމަށެވެ.
އެހެންކަމުން އެބޭފުޅާގެ ސުލޫކީ މައްސަލަ ބެލުމަށާއި ޖޭއެސްސީގެ ގާނޫނުގެ 25ވަނަ މާއްދާގެ ޏގެ ދަށުން މިއަދުން ފެށިގެން ވަގުތީގޮތުން މަސައްކަތުން ދުރުކުރުމަށް ނިންމާފައިވާކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.
ފާހަަގަކޮށްލެވޭ ގޮތުގައި ގާޒީ ބާރީއަކީ ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމުގައި ކުރިން ހުންނެވި ބޭފުޅެކެވެ. އެބޭފުޅާ ވަނީ އެމަގާމުގައި ހުންނަވައިގެން ސިޔާސީ ފަރާތްތަކެއްގެ މައްސަލަތައްވެސް ބައްލަވާފައެވެ.
ފޮޓޯ: ސަން
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް