މަޖިލިސް 19 ފެށޭނީ ކޮންމެ މެންބަރަކަށް ޓެބްލެޓަކާއެކު!
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި މެންބަރުން ބޭނުންކުރުމަށް ޓަޗްސްކްރީން ޓެބްލެޓްތަކެއް ހަރުކޮށްފިއެވެ.
ކުރިން ބޭނުންކުރަމުންދިޔަ ޓަޗްސްކްރީން ކޮމްޕިއުޓަރތަކުގެ ބަދަލުގައި މި ޓެބްލެޓްތައް ހަރުކުރިކަން، މަޖިލީހުގެ އިދާރާއިންވެސް ވަނީ ޔަގީންކޮށްދީފައެވެ.
މީޑިޔާތަކާއި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ މީޑިޔާ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ، ޗެމްބަރުގައި ހުންނަ ކޮންގްރެސް ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ މަސައްކަތުގެ ތެރެއިން މައިކް ސިސްޓަމާއި އިތުރު ކެމެރާތައް ހަރުކޮށް އިންސްޓޯލް ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން މަޖިލިސް ކުރާ މާލަމުގައި ކުރިން 4 ކެމެރާ ހުރި ނަމަވެސް، ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން އިތުރު 7 ކެމެރާއެއް ވަނީ ހަރުކޮށްފައެވެ.

ހަމައެއާއެކު އިތުރު ޓީވީތަކެއްވެސް ވަނީ މާލަމުގައި ވަނީ ބަހައްޓާފައެވެ.
އަންނަ އަންގާރަ ދުވަހުގެ ރޭ، 19 ވަނަ ރައްޔިތުންގެ މަޖިލިހަށް އިންތިޚާބުވެވަޑައިގެންނެވި މެމްބަރުން ހުވާ ކުރެއްވުމުގެ ޖަލްސާ މަޖިލިސްކުރާ ގޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެރޭގެ ޖަލްސާގައި މަޖިލިހުގެ ރައީސް އާއި ނައިބު ރައީސަކު ކަނޑައެޅުމަށް ވަނީ ހަމަޖެހިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް