މިރެެއިން ފަށައިގެން ލަންކާގައި ކުއްލި ހާލަތު އިއުލާންކުރަނީ
މިރޭގެ ދަންވަރު ބާރައިން ފެށިގެން ސްރީލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
އެގައުމުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓްކުރާ ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް ނިންމާފައިވަނީ އެގައުމުގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމަކަށް ފަހުގައެވެ.
މި ކުއްލި ނުރައްކަލުގެ ހާލަތުގައި އެގައުމުގެ ކައުންޓަރ-ޓެރަރިޒަމްގެ ބައެއް ގަވާއިދުތައް ހިނގާނެކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.
ސްރީލަންކާގައި އެންމެފަހުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ.
އެއީ އެގައުމުގެ ކެންޑީގައި މުސްލިމުންނާއި ބުޑިސްޓުންނާއި މެދުގައި ހިނގައިދިޔަ ހަމަނުޖެހުންތަކަށް ފަހުގައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އިއްޔެ ދިން ނުރައްކާތެރި ހަމަލާތަކަށްފަހު މާދަމާއަކީ އެގައުމުގައި ގައުމީ ހިތާމަ ފާޅުކުރުމުގެ ދުވަހެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް