ގަވާއިދާއި ޚިލާފަށް މިނިވަންވި ގައިދީ ބަންދުކޮށްފި
ރައީސުލްޖުމްހޫރިއްޔާ މަޢާފު ނުދެއްވަނީސް ދޫވިކަމަށް ބުނާ ގައިދީ އަނެއްކާވެސް ބަންދުކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ ހޯމް މިނިސްޓްރީން ކުރި ޓްވީޓެއްގައެވެ.
ހޯމް މިނިސްޓްރީން ބުނީ މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ މަޢާފުދެއްވި ފަރާތްތައް މިނިވަންކުރުމުގެ ތެރޭގައި، މަޢާފުނުދެއްވާ ޤައިދީއަކު ޖަލުން ދޫކޮށްފައިވާކަމުގެ މައުލޫމާތު މިނިސްޓަރ އޮފް ހޯމްއެފެއާޒަށް ލިބުމާގުޅިގެން، އެކަން ހިނގާދިޔަގޮތް ބަލަމުންދާ ކަމަށެވެ.
އެގޮތުން އެމައްސަލަ އިތުރަށް ބަލާ ދިރާސާކޮށް އަޅަންޖެހޭ އިދާރީ ފިޔަވަޅު އެޅުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް އަންގާފައިވާނެކަަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
އަދި މި މައްސަަލައިގެ ތަހުގީގެއް ހިންގުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގާފައިވާނެކަމަށްވެސް ހޯމް މިނިސްޓްރީން މައުލޫމާތު ދެއެވެ.
ގަވާއިދާ ޚިލާފަށް މިނިވަންވި ގައިދީ މިވަގުތު ހުރީ ތަހުގީގުގެ ބޭނުމަށް ބަންދުކުރެވިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް