އަމިއްލައަށް ޕާޓީ ބަދަލުކޮށްފިނަމަ އިސްތިއުފާ ދޭންޖެހޭގޮތަށް އޮންނަ، ގާނޫނުގެ ބައެއް މާއްދާތައް ބަދަލުކުރަން ހައި ކޯޓަށް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
އަމިއްލައަށް ޕާޓީ ބަދަލުކޮށްފިނަމަ އިސްތިއުފާ ދޭންޖެހޭގޮތަށް އޮންނަ އެންޓި ޑިފެކްޝަން ގާނޫނުގެ ބައެއް މާއްދާތައް ބަދަލުކުރަން ހައި ކޯޓަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ އަމިއްލަ ފަރާތަކުންނެވެ. އަދި ބަދަލުކުރުމަށް ކޯޓަށް ހުށަހެޅި މާއްދާތައް ސާފެއް ނުވެއެވެ. ނަމަވެސް މި މައްސަލަ ހައިކޯޓަށް ހުށަހެޅިކަން އެ ކޯޓުން ވޮއިސްއަށް ވަނީ ޔަގީންކޮށްދީފައެވެ.
އެންޓި ޑިފެކްޝަން ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ، މިއަހަރުގެ އޭޕްރިލްމަހުގެ އެއްވަނަ ދުވަހުއެވެ. މި ގާނޫނުގައި ވާގޮތުން އެއްވެސް މެމްބަރަކު އެ މެމްބަރަކު އިންތހާބުވި ޕާޓީ ބަދަލުވެއްޖެނަމަ ނުވަތަ އެހެން ޕާޓީއެއްގައި ދަފްތަރުވެއްޖެނަމަ މެމްބަރުކަމުން ވަކިވާނެއެވެ. ގާނޫނަށް ބަލާއިރު އެ މެމްބަރަކު އިސްތިއުފާ ދޭންޖެހެނީ އަމިއްލަ އަށެވެ.
މި ގާނޫނުގައިވާގޮތުން ރަށު ކައުންސިލް މެމްބަރުންނާއި ސިޓީ ކައުންސިލްތަކުގެ މެމްބަރުންވެސް އެގޮތަށް ޕާޓީ ބަދަލުކޮށްފިނަމަ މަގާމުން އިސްތިއުފާދޭން ޖެހެއެވެ.
ނަމަވެސް އިސްތިއުފާ ނުދީފިނަމަ ދެން ވާންވީ ގޮތެއް ނުވަތަ އަޅަންޖެހޭނެ ފިޔަވަޅެއް ބަޔާންކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް