އަނެއްކާވެސް ކުއްޖަކަަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެއް: ތުހުމަތު އޮތް މީހާ ހައްޔަރު
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ކުޑަކުއްޖަކަަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެއްގެ ތުހުމަތުގައި މީހާ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ނޯތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އެޕްރީލް 27 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތު ގައި 32 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ވަނީ ހައްޔަރުކޮށްފަ އެވެ.
މި މައްސަލަ ފުލުހުންނާއި ކަމާ ގުޅުންހުރި އެހެނިހެން އިދާރާތައް ގުޅިގެން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް