ކެންސަރާއި ދެކޮޅަށް ރާއްޖޭގައި ވެކްސިން ދޭން ފަށައިިފި
ރަހިމުގެ ދޮރަށް ޖެހޭ ކެންސަރާއި ދެކޮޅަށް ރާއްޖޭގައި ވެކްސިން ދޭން ފަށައިފިއެވެ.
ހިއުމަން ޕެޕިލޯމާ ވައިރަސް (އެޗްޕީވީ) އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަަމަ ސަތޭކަ ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މި ވެކްސިން ޖެހުން ފެށުން އޮތީ މިއަދު ހެނދުނު ތާޖުއްދީން ސްކޫލްގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައެވެ. މިއަދުގެ ރަސްމިއްޔާތުގައި މި ވެކްސިން ފުރަތަމަ ޖެހި އެ ސްކޫލްގެ ތިން ކުދިންނަށް ވަނީ ހަނދާނީ ލިޔުމެއް ދީފައެވެ.
މި ވެކްސިނަކީ އުމުރުން ނުވަ އަހަރާއި 13 އަހަރާއި ދެމެދުގެ އަންހެން ކުދިންނަށް ދެވޭ ވެކްސިނެކެވެ.
އެޗްޕީއޭއިން ބުނީ އެ ވެކްސިން ކެމްޕެއިންގައި ޖަހާނީ "ސަވަރިކްސް" ބްރޭންޑްގެ އެޗްޕީވީ ވެކްސިން ކަމަށާއި އަދި އެ ވެކްސިންގެ ސަބަބުން ކެންސަރު ޖައްސާ އެޗްޕީވީ މައިގަނޑު ދެ ވައްތަރުކަމަށްވާ 16 އަދި 18 އިން ރައްކާތެރިކަން ލިބިގެން ދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް