ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ 30،000 ޑޮލަރު ގެއްލުނު މައްސަލައެއް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ 30،000 ޑޮލަރު ގެއްލުނު މައްސަލައެއް ބަލަމުންދާ ކަމަށް ބުނެފި އެވެ.
ފުލުހުންގެ ހިދުމަތުން މިރޭ ބުނީ އެ އިދާރާއަށް 2019 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 15 ވަނަ ދުވަހު ހުށައެޅު މައްސަލައަކާއި ގުޅިގެން ހިފެހެއްޓި ފައިސާތަކަކާ ބެހޭގޮތުން ފާހަގަ ކުރެވުނު ޖުމްލަ، ހިސާބުގެ ފަރަގަކާ ގުޅޭ މައްސަލައެއް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.
މިކަން ފާހަގަ ކުރެވިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހު ކަމަށް ވެސް ބުންޏެވެ.
އަދި ބުނީ 30،000 ޑޮލަރުގެ ފަރަގެއް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
މީގެ އިތުރުން ހަލާކުވެފައިވާ ފައިސާތަކެެއް ވެސް އެ ފައިސާ ބަހައްޓާފައިވާ ތަނުން ކޮތަޅެއްފެ ތެރެއިން ފެނިފައިވާ ކަމަށެވެ. އެކަން ވެސް ފޮރެންސިކް މެދުވެރިކޮށް ބަލަމުންދާ ކަމަށް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް