ގަލޮޅު ގެއަކުން މަރުވެފައިއޮތް ޒުވާނަކު ފެނިއްޖެ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ގަލޮޅުގައި ހުންނަ ގެއަކުން މަރުވެފައިއޮތް ޒުވާނަކު ފެނިއްޖެއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ ގަލޮޅޫގައި ހުންނަ ގެއެއްގެ ތެރޭގައި ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން މިއަދު ހަވީރު 17:02 ހާއިރު، ފުލުހުންނަށް ރިޕޯޓެއް ލިބިފައިވާކަމަށެވެ. އެމީހާ އައިޖީއެމްއެޗަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުންޏެވެ.
މަރުވެފައި އޮއްވާ ފެނިފައިވަނީ ގަލޮޅު ފަރެސްލައިޓް، އުމުރުން 35 އަހަރުގެ އަލީ ރަޝީދެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނު މި މައްސަލަ ފުލުހުން ގެންދަނީ ބަލަމުންނެވެ.
ގެއެއްގެ ތެރޭގައި މަރުވެފައިއޮއްވާ މީހަކު މިއަދު ފެނުނުއިރު، މިހިނގާ ޑިސެމްބަރުމަހުގެ ތިންވަނަ ދުވަހުވެސް ވަނީ، ގުލާބީމަގުގައި ހުންނަ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް