18އަހަރުން ދަށުގެ އަންހެންކުދިންތަކެއް މާރާމާރީ ހިންގި މައްސަލައެއް ބަލަނީ
ރޭ މާލޭގެ ރަސްފަންނު ސަރަަހައްދުގައި 18އަހަރުން ދަށުގެ އަންހެންކުދިންތަކެއް މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މީޑިޔާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނީ ކުޑަ އަންހެން ކުދިންތަކެއްގެ މެދުގައި ހިނގި މާރާމާރީއެއްގެ މައްސަލަ ރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ ކަމަށެވެ.
އަދި މި މައްސަލައާއި ގުޅިގެން މިހާތަަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުންޏެވެ.
މި މާރާމާރީގެ ވީޑިޔޯ ސޯޝަލް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިޔޯއިން ފެންނަ ގޮތުގައި މާރާމާރީ ހިންގަމުންދިޔައީ ތިން އަންހެންކުދިންގެ މެދުގައެވެ. މި މާރާމާރީ ހުއްޓުުވުމަށް ބަޔަކު މަަސައްކަތް ކުރާތަންވެސް ފެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް