އިންޑިއާ ޓީޗަރު ދޫކޮށްލައިފި
އުމުރުން 18އަހަރު ނުވާ ދަރިވަރަކާއި އެކު އެކަހެރިކޮށް ހުއްޓާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ޓީޗަރު ދޫކޮށްލައިފިއެވެ.
މި ޓީޗަރު ދޫކޮށްލާފައިވަނީ ޕޮލިސް ސްޓޭޝަނަށް ގެންގޮސް ބަޔާން ނެގުމަށްފަހުގައެވެ.
މިމީހާގެ މައްސަލަ ފުލުހަށް ހުށައަޅާފައިވަނީ އޭނާގެ ދަރިވަރު ގަޮވައިގެން، އޭނާ ދިރިއުޅެމުންދާ ތަނަށް ވަތް މަންޒަރު އާންމުންނަށް ފެނިގެންނެވެ.
އެ ޓީޗަރާއި ހަވާލާދީ އައްޑޫލައިވް އިން ބުނެފައިވަނީ އެ ދަރިވަރު އެގެއަށް ދިޔައީ ޓިއުޝަނަށް ކަމަށާއި، ތުހުމަތު ކުރާ ފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށެވެ. އަދި އެ ކުއްޖާ އެގެއަށް ދިޔައީ ބެލެނިވެރިޔާއަށް އެނގިން ކަމަށް ޓީޗަރު ބުންޏެވެ.
މިހާދިސާ ހިނގާފައިވަނީ އައްޑޫ ސިޓީގެ ހިތަދޫގައެވެ. މި ޓީޗަރަކީ އިންޑިޔާއަށް ނިސްބަތްވާ ބީޓެކް ޓީޗަރެއްކަން އެނގިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް