ރިލްވާންގެ މައްސަލައިގައި ހިމެނޭ ކަމަށް ބުނާ ދެ ފުލުހަކު ހައްޔަރުކުރަން އަންގައިފި
ގެއްލިފައިވާ އަހުމަދު ރިލްވާނުގެ މައްސަލައިގައި ހިމެނޭ ދެ ފުލުހަކު ހައްޔަރުކުރަން ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ފުލުހުންނަށް އަަންގަވައިފިއެވެ.
ބައެއް މީޑިއާތަކަށް މިރޭ މައުލޫމާތު ދެއްވަމުން ބަންޑާރަ ނައިބު ވަނީ އެކަން ކަށަވަރުކޮށްދެއްވާފައެވެ.
ހައްޔަރުކުރަން އަންގާފައިވާ ދެ ފުލުހުންނަކީ، މުހައްމަދު ޖިނާހު (ސާވިސް ނަމްބަރު 4493)އާއި އިބްރާހިމް ރިއްފަތު (ސާވިސް ނަމްބަރު 3246) އެވެ. މިދެ ފުލުހުން ހައްޔަރުކުރަން އަންގާފައި މިވަނީ މަރުތައް ބަލާ ކޮމިޝަނުން ރިލުވާނުގެ މައްސަލަ ބެލުމަށްފަހު އާންމުކުރި ރިޕޯޓާއި ގުޅިގެންނެވެ. އެރިޕޯޓުގައިވާ ކަންކަން ފާހަގަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރިލްވާން ގެއްލުނުކަން އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓް ކުރުމުގެކުރިން 11 އޯގަސްޓް 2014 ގައި ޕޮލިސް ކޯޕްރަލް މުހައްމަދު ޖިނާހު ނޫސްވެރިއަކު ގެއްލިގެންއުޅޭ ކަމުގެ ވާހަކަ ދައްކާފައިވާ ކަމަށެވެ.
އަދި ސެކިއުލާ މީހަކު ގެއްލިިގެން ކަންބޮޑުވެގެން އުޅޭކަމަށް ކޯޕްރަލް އަހުމަދު ހަމީދު އަބުދުއްރަހީމާއި ކޯޕްރަލް އިބްރާހިމް ރިއްފަތާއި އަހުމަދު އަމީދު އަބުދުއްރަހީމްގެ އިމީޑީއެޓް ސުޕަވައިޒަރު ކައިރީގައި ބުނެފައިވާކަމަށް ރިޕޯޓާ ހަވާލާދެއްވައި ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ރިލުވާނުގެ މައްސަލައިގައި އިހުމާލުވާ ފަސް ފުލުހުން އެބަތިބި ކަމަށާއި އެ ފަސް މީހުންނާ މެދު ވީއެންމެ އަވަހަކަށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.
ރިލުވާނު ކަނޑުފައްތަން އުޅޭކަން އެނގޭ ކަމަށްބުނެ ފުލުހުންގެ އިންޓަލްއަށް އެނގޭކަން ރިޕޯޓްގައި ހާމަކޮށްފައިވަނީ، ފުލުހުންގެ ތިން ބޭފުޅުން ކަމަށްވާ އަހުމަދު ހަމީދު އަބުދުއްރަހީމާއި މުހައްމަދު ފަޔާޒު އިސްމާއިލާއި އިބްރާހިމް ހަލީލާ ހަވާލާދީ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް