ބާކައުންސިލުގެ ރައީސް އަވަހާރަވެއްޖެ
ރާއްޖޭގައި ގާނޫނީ ވަކީލުންނާ ގުޅޭ ކަންކަން ބަލަހައްޓާ ކައުންސިލް، ބާ ކައުންސިލް އޮފް މޯލްޑިވްސްގެ ރައީސް ލޯޔަރު އިސްމާއިލް ވިޝާމް އަވަހާރަވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ވިޝާމު އަވަހާރަވެފައިވަނިކޮށް ފެނުނީ އޭނާ ދިރިއުޅުއްވާ ގެކޮޅުންނެވެ.
ލޯޔަރު އިސްމާއިލް ވިޝާމް ބާކައުންސިލްގެ ރައީސްކަމުގެ މަޤާމަށް އިންތިހާބު ކޮށްފައި ވަނީ 11 ޖޫން 2022 ވަނަ ދުވަހުއެވެ.
އެންމެ ފަހުން ބޭއްވުނު ބާ ކައުންސިލްގެ އިންތިހާބުގައި ދެބޭފުޅަކު ވާދަކުރެއްވި އިރު 'ވިޝާމް، ޒާހިރު އެންޑް ކޯ'ގެ ޕާޓްނާ ކުރީގެ އެސިސްޓެންޓް އެޓާނީ ޖެނެރަލްކަން ވެސް ކުރެއްވި އިސްމާއިލް ވިޝާމް އިންތިހާބު ކާމިޔާބު ކުރެއްވީ 270 ވޯޓާއި އެކުގައެވެ. އެ އިންތިހާބުގައި ދެން ވާދަ ކުރެއްވި 'ފައިސަލް އެންޑް ކޯ އެލްއެލްޕީ'ގެ މެނޭޖިން ޕާޓްނާ މުހައްމަދު ފައިސަލަށް ލިބިލެއްވީ 182 ވޯޓެވެ.
ވިޝާމްގެ މަރާއި ގުޅޭ އިތުރު ތަފްސީލް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް