އަދީބު މަަސައްކަތްކުރެއްވީ އިންޑިޔާއިން ހިމާޔަތް ހޯއްދަވަން!
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިންޑިޔާއިން ހިމާޔަތް ހޯއްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެއްޖެއެވެ.
މިހެން ވިދާޅުވީ އަދީބުގެ ބައިނަލްއަގްވާމީ ގާނޫނީ ވަކީލުންގެ ޓީމުން މިރޭ ނެރުނު ބަޔާނެއްގައެވެ.
ގުއަރނިކާ އިންޓަރނޭޝަނަލް ޖަސްޓިސް ޗެމްބަރސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަދީބުގެ ހުރިހާ ހުކުމްތައް މިއަހަރުގެ ތެރޭގައި ކޯޓުން ބާތިލްކުރުމުން، އޭނާ މިނިވަންވެފައި ވަނިކޮށް ޕީޖީ އޮފީހުން އެ މައްސަލަތައް އިސްތިއުނާފު ކުރުމުން އޭނާ ގޭބަންދުގައި ހުންނަން ޖެހުނު ކަމަށެވެ.
އަދި އެއަށްފަހު ބޭސްފަރުވާ ހޯދުމަށް އަދީބު ލައްވައި އެއްބަސްވުމެއްގައި ސޮއިކުރުމަށް ބައިނަލްއަގްވާމީ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ފާހަަގަކޮށްފައެވެ. އަދި މި މުއްދަތުގެ ތެރޭގައި އަދީބުގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވައި، އަދީބާއި އާއިލާއަށް ނުރައްކާވެ ނުކުރާ ކުށަކަށް އިއުތިރާފް ވާން ޖެހިދާނެފަދަ އެއްބަސްވުމެއްގައި ސޮއިކުރުވަން މަސައްކަތް ކުރުވިކަމަށް ވަނީ ބުނެފައެވެ.
މިގޮތަށް އަމަލުކޮށްފައިވަނީ ރާއްޖޭގެ ސަލާމަތީ ބާރުތަކުންކަމަށް ވަނީ ބަޔާނުގައި ބުނެފައެވެ.
އެ ބަޔާނުގައި އިތުރަށް ހާާމަކޮށްފައިވާ ގޮތުގައި މިކަންކަމާއި ގުޅިގެން އަދީބު ވަނީ އިންޑިޔާގެ ހިމާޔަތަށް އެދިފައެވެ. މިހެންވުމުން، އިންޑިޔާގެ ފަރާތުން ބައިނަލްއަގްވާމީ އުސޫލުތަކުގެ މައްޗަށް ރިއާޔަތްކޮށް، އދ.އަށް ހުށައަޅާފައިވާ އަދީބުގެ ރެފިއުޖީ އެޕްލިކޭޝަން ބަލައި ނުގަންނަނީސް ރާއްޖެއަށް އަނބުރާ ނުފޮނުވުމަށް ވަނީ އެދިފައެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ތަމްސީލްކުރައްވާ ލޯ ފާމްގެ އެއް ކޯ ފައުންޑަރ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލައިގައި، 2015ވަނަ އަހަރު އޭރުގެ ދިވެހި ސަރުކާރުގެ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވި ފަރާތެކެވެ. ޓޯބީ ކެޑްމަން ނަމަކަށް ކިޔާ އެމީހާ އޭރު މަސައްކަތް ކުރީ އޮމްނިއާ ސްޓެރަޓީޖްސްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް