އެސްއޭޕީ: 20000 އާއިލާއަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެނީ
ސަރުކާރުގެ ފަރާތުން 20000 އާއިލާއަކަށް ހައުސިންގ ޔުނިޓް ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.
މިކަން ވަނީ ރޭ އިއުލާންކުރެވުނު ކުރިއަށް އޮތް ފަސް އަހަރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައި ހިމަނާފައެވެ.
މި ޕްލޭންގައިވާ ގޮތުގައި ސަރުކާރުގެ އަމާޒަކީ 2023ގެ ނިޔަލަށް 20،000 އާއިލާއަކަށް ހައުސިންގ ޔުނިޓް ހޯދައިދީ އެތަންތަން ބޭނުންކުރަން ފެށިފައިވުމެވެ. އަދި އަންނަ އަހަރު ނިމުމުގެ ކުރިން ސުނާމީގެ ސަބަބުން ހާލުގައި ޖެހިފައިވާ ހުރިހާ އާއިލާއަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްވެސް ވަނީ އަމާޒު ހިފާފައެވެ.
މީގެ އިތުރުން 2021 ވަނަ އަހަރުގެ ނިޔަލަށް ސަރުކާރުން އެހެން ރަށްރަށަށް ބަދަލުކޮށްފައިވާ ރަށްރަށުގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި، ސަރުކާރުގެ ދައުރު ނިމުމުގެ ކުރިން ނޭޝަނަލް އެފޯޑަބަލް ހައުސިން ލޯނުގެ ދަށުން މަދުވެގެން އެއް ބިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށްވެސް ވަނީ އަމާޒުކޮށްފައެވެ.
ސޯޝަލް ހައުސިންގ ސްކީމުން ވަނީ އެޓް ރިސްކް ޒުވާނުންނަށް ވަކި ކޯޓާއެއް ކަނޑައެޅުމަށް ނިންމާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައި ވަނީ 2028 ވަނަ އަހަރުވާއިރު ބިދޭސީން ހިމެނިގެން ރާއްޖޭގެ އާބާދީ 650،000އަށް އަރާނެކަަމަށް ލަފާކޮށްފައެވެ. އެހެންކަމުން މުޅި ރާއްޖޭގައި އިތުރު 20،000 ގެ ބޭނުންވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް