ލޯކަލް ކައުންސިލް އިންތިޚާބުގެ ބަޖެޓް ހަމަޖެހިއްޖެ
އަންނަ އަަހަރުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްގެ އިންތިޚާބު ބޭއްވުމަށް ބަޖެޓް ހަމަޖެހިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
ދައުލަތުގެ މީޑިޔާކަމުގައިވާ ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައި އެކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާއި، ފިނޭންސް މިނިސްޓަރާއި އެކު ކުރެވުނު މަޝްވަރާތަކަށްފަހު ލޯކަލް ކައުންސިލް އިންތިޚާބަށް އީސީން ބޭނުންވާ ބަޖެޓް ދިނުމަށް އެއްބަސްވެފައިވާކަމަށެވެ.
މި ބަޖެޓްގެ ތެރޭގައި އިންތިޚާގެ ކަންކަމަށް ހިންގުމަށް ބޭނުންވާނެ ފައިސާއާއި އިދާރީ ކަންކަމަށް ބޭނުންވާނެ ފައިސާވެސް ހިމެނިފައިވާނެކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.
މިފަހަރުގެ އިންތިޚާބުގެ އިންތިޒާމްތައް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންއަންނަ ކަމަށް އެބޭފުޅާ ވަނީ މީގެ ކުރިން ފާހަގަކުރައްވާފައެވެ. އެގޮތުން ވޯޓު ފޮށިތަކުގެ އަދަދު އިތުރުކޮށް، ފޮއްޓަކަށް އެންމެ ގިނައިން ލެވޭނެ ވޯޓުގެ އަދަދަކީ 700 އަށް ހެދުމަށް މަޝްވަރާ ކުރަމުންދާކަަމަށް އީސީގެ ރައީސް ވަނީ ހާމަކުރައްވާފައެވެ.
މި އިންތިޚާބުގައި ގިނަ އޮފިޝަލުންވެސް ހަރަކާތްތެރިވާނެ އިރު، މުޅި އިންތިޚާބަށް 65 އާއި 70 މިލިއަން ރުފިޔާ ދެމެދުގެ އަދަދެއް ހަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް