ނ.އަތޮޅުގެ ރަށަކަށް ސޯމާލިއާ ތިން މީހުން ތިބި ޑިންގީއެއް ލައްގައިފި
ސޯމާލިއާ ތިން މީހުން ތިބި ޑިންގީއެއް ނ.އަތޮޅުގެ ރަށަކަށް ލައްގައިފިއެވެ.
އެމީހުން ލެއްގީ ނ.ވަވަތި އަށެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުން ބުނީ، ވަވަތިއަށް ޑިންގީއެއް ލައްގާފައިވާ ކަމަށާއި އޭގައި ސޯމާލިއާ އަށް ނިސްބަތްވާ ތިން ފިރިހެނުން ތިބި ކަމަށެވެ.
މި ހާދިސާ އާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދިން ނަމަވެސް، އެ ތިން މީހުންގެ ފޮޓޯ އާއި އެމީހުން ދަތުރުކުރި ޑިންގީ ގެ ފޮޓޯ ފުލުހުން ވަނީ އާއްމުކޮށްފައެވެ.

މީގެ ކުރިން ވެސް ރާއްޖެ އަށް ބައެއް ގައުމު ތަކުގެ އުޅަނދުތައް ލައްގާފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް