މަސައްކަތް ދަށްވުމުން މުވައްޒަފުން ކަކޫޖައްސާ ހިންގުވައިފި
ޗައިނާގެ ކުންފުންެޏެއްގެ މުވައްޒަފުންގެ މަސައްކަތުގެ ރޭޓު ދަށްވުމުން، އެ ކުންފުނީގެ މުވައްޒަފުން މަގުމަތީގައި ކުޑަކަކޫ ޖައްސުވައިގެން ހިންގުވައިފިއެވެ.
މި ހާދިސާގެ ވީޑިޔޯތައް ސޯޝަލް މީޑިޔާގައި ބާރުމިނެއްގައި ފެތުރެމުންދާއިރު، މި ހާދިސާ ހިނގާފައިވަނީ ޗައިނާގެ ޒައޮޒުހަންގް އަވަށުގައެވެ.
މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި އެކުންފުނީގެ މުވައްޒަފުން މިގޮތަށް ހިންގުވާފައިވަނީ، އެ މުވައްޒަފުންގެ މަސައްކަތުގެ މިންވަރު ދަށްވެ ކުންފުނީގެ އަމާޒަށް ވާސިލްނުވެވުމުންނެވެ.
މި މުވައްޒަފުން މަގުމަތީގައި ހިނގަނިކޮށް އެކަން ހުއްޓުވާފައިވަނީ ޗައިނާގެ ފުލުހުންނެވެ. މި މައްސަަލަ ދަނީ އެގައުމުގެ ކަމާއި ބެހޭ ފަރާތްތަކުން ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް