ހަތަރު ސްކޫލަކަށް ޕްރިންސިޕަލުން ހޯދަން އިއުލާންކޮށްފި
ރާއްޖޭގެ 4 ސްކޫލަކަށް ޕްރިންސިޕަލުން ހޯދަން ތައުލީމާއި ބެހޭ ވުޒާރާއިން އިއުލާނުކޮށްފިއެވެ.
ޕްރިޕަލުން ހޯދުމަށް އިއުލާނުކޮށްފައިވަނީ:
1) ގއ ގެމަނަފުށި ސްކޫލް
2) ލ. ކުނަހަންދޫ ސްކޫލް
3) ހއ ވަށަފަރު މަދަރުސާ
4) ބ.ކަމަދޫ ސްކޫލް
މި ހަތަރު ސްކޫލަށް ވެސް މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު 21 ޖަނަވަރީ 2025 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ.
ތައުލީމާއި ބެހޭ ވުޒާރާއިން ހާމަކޮށްފައިވާގޮތުގައި، ރޭންކް އެކެއްގެ ޕްރިންސިޕަލެއްގެ މަޤާމުގެ އަސާސީ މުސާރައިގެ ގޮތުގައި 16,647 ރުފިޔާ ލިބެއެވެ. މީގެ އިތުރުންވެސް، މަޤާމުގެ އެލަވަންސް ގެ ގޮތުގައި 9,534 ރުފިޔާ ލިބޭއިރު، ހާޒިރީ ޢިނާޔަތުގެ ގޮތުގައި 258 ލިބެއެވެ.
ހަމައެއާއިއެކު، ރޭންކް 2 ޕްރިންސިޕަލެއްގެ އަސާސީ މުސާރައިގެ ގޮތުގައި 17,985 ރުފިޔާ ކަނޑައަޅާފައިވާއިރު، މި ރޭންކް ގެ ޕްރިންސިޕަލުންނަށް މަޤާމުގެ އެލަވަންސް ގެ ގޮތުގައި 10,300 ރުފިޔާ ލިބޭއިރު، ހާޒިރީ ޢިނާޔަތުގެ ގޮތުގައި، 279 ރުފިޔާ ލިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް