މުޒާހަރާއިން ނެގީ 8 މީހުން، އެމްޑީޕީގެ ކަންބޮޑުވުން
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މިރޭގެ އިހްތިޖާޖުން 8 މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން އަންގާފައިވާ ކަމަށް މުޒާހަރާ އިންތިޒާމުކުރި އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުން ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި އެ ޓީމުގެ މެންބަރުން ބުނީ އިހްތިޖާޖުން ހައްޔަރުކުރި މީހުންގެ މައުލޫމާތު ހޯދާ އެ މީހުންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށް ދިނުމަށް އެ ޓީމުން މަަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި ފުލުހުންގެ ކަމާގުޅޭ ބޭފުޅުންގެ ފަރާތުން މައުލޫމާތު ހޯދާފައިވާ ކަމަށެވެ. ގާނޫނީ ޓީމުން ބުނީ ހައްޔަރުކުރި މީހުންގެ މައުލޫމާތު އަދި ފުލުހުން ހިއްސާ ނުކުރާ ކަމަށެވެ. ވަކީލުންނަށް "ކޯލް" ދޭނެ ކަމަށް އަންގާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ގާނޫނީ ވަކީލުންގެ ޓީމުން ވަނީ މުޒާހަރާއިން ހައްޔަރުކުރި މީހުން ތިބީ ކޮންތާކުކަން އަންގާފައިނުވާތީ އާއި ވަކީލުންގެ ހައްގުތައް ހަނިކުރާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް