ހުޅުމާލޭ ފަޅު ތެރޭގައި އޮތް ޑްރެޖަރެއްގައި މަސައްކަތް ކުރަނިކޮށް އަނިޔާވި މީހަކު ނިޔާވެއްޖެ!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ހުޅުމާލޭ ފަޅު ތެރޭގައި އޮތް ޑްރެޖަރެއްގައި މަސައްކަތް ކުރަނިކޮށް އަނިޔާވި ބިދޭސީއެއް ނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހުޅުމާލޭ ފަޅު ތެރޭގައި އޮތް ޑްރެޖަރެއްގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް މިއަދު 10:38 ކަން ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައުވާ ކަމަށާ އެއީ 30 އަހަރުގެ އިންޑިޔާ ފިރިހެނެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މިހާދިސާ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް