ފިނިފެންމާ މައްސަލައިގައި ޝައިނީއާއި ސުވާލުނުކުރޭ؟
2015ވަނަ އަހަރުގެ ތެރޭގައި ރިޔާސީ ލޯންޗްކޮޅު ފިނިފެންމާ ގޮވި ހާދިސާއާއި ގުޅިގެން އެ ލޯންޗްކޮޅުގައި އޭރު އިންނެވި ކުރީގެ ފިޝަރީޒް މިނިސްޓަރ ޑރ.މުހައްމަދު ޝައިނީއާއި އެއްވެސް ވަރަކަށް ތަހުގީގަށް ސުވާލުކުރެވިފައިނުވާކަމަށް އެބޭފުޅާ ވިދާޅުވެެއްޖެއެވެ.
ޝައިނީ މިހެން ވިދާޅުވީ ރާއްޖެޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
ޝައިނީ ވިދާޅުވީ އެބޭފުޅާއަކީ އޭރު ލޯންޗްގައި އިންނެވި ބޭފުޅެއްކަމަށާއި ތަހުގީގު ނިމިގެންދިޔައިރުވެސް އެކަމާއި ގުޅިގެން އެމަނިކުފާނާއި ސުވާލުކުރައްވާފައިނުވާކަމަށެވެ. ޝައިނީ ވިދާޅުވީ އެދުވަހު ފެނުނު މަންޒަރުތަކާއި މެދު އާންމުގޮތެެއްގައި މި ދަނޑިވަޅުގައި ވާހަކަދެއްކުމަކީ އެންމެ ރަނގަޅުކަމެއް ނޫންކަމަށެވެ. ނަމަވެސް ތަހުގީގެއް ކުރާނަމަ އެ ތަހުގީގަށް އެއްބާރުލުން ދޭނެކަމަށް ޑރ.ޝައިނީ ވަނީ ފާހަގަކުރައްވާފައެވެ.
އެބޭފުޅާ ވަނީ ދާދިފަހުން، އެ ލޯންޗް ގޮއްވާލިކަމުގެ ތުހުމަތުކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބްެއާއި ބައްދަލުކުރައްވާ، އަދީބުގެ ވާހަކަތައް ގަބޫލުކުރެވޭކަމަށް ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް