އެމްއެލްއެސްޑީޕީގެ އިފްތިތާހީ ޖަލްސާ ބާއްވައިފި
މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ ރަޖިސްޓަރ ކުރުމަށްޓަކައި ބާއްވަންޖެހޭ އިފްތިތާހީ ޖަލްސާ ބާއްވައިފިއެވެ.
މި ޖަލްސާ ބާއްވާފައިވަނީ ރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައެވެ.
ޖަލްސާގައި މައިގަނޑު ކަމަކަށް އޮތީ، އެޕާޓީގެ އިންތިގާލީ ކައުންސިލް ހޮވުމާއި ޕާޓީގެ ކުލަޔާއި ލޯގޯ ފާސްކުރުމެވެ.
ރޭގެ ޖަލްސާގައި 317 މީހުން ބައިވެރިވިކަމަށް ލޭބަރ ޕާޓީން މައުލޫމާތުދެއެވެ. އެ ޕާޓީގެ ރަސްމީ ކުލަތަކުގެ ގޮތުގައި ރޭ ފާސްކުރެވިފައިވަނީ ރަތާއި، ކަޅާއި ހުދެވެ.
އެމްއެލްއެސްޑީގެ ކައުންސިލް މެންބަރުންނަށް ހޮވިވަޑައިގެންނެވި ފަރާތްތަކަކީ:
އަބްދުﷲ ހަސީން - 315 ވޯޓު
މައުރޫފް ޒާކިރު - 315 ވޯޓު
އަބްދުލް މަޖީދު އަބްދުލްކަރީމް - 317 ވޯޓު
އަހުމަދު ޝިހާމް - 317 ވޯޓު
އާލާ އިބްރާހީމް ރަޝީދު - 316 ވޯޓު
އިބްރާހީމް މުޖުތަބާ - 313 ވޯޓު
ޒިޔާދު ރަޝާދު - 315 ވޯޓު
މުހައްމަދު ފުރުގާން - 313 ވޯޓު
މުހައްމަދު ސޯދިގު - 315 ވޯޓު
އާމިނަތު ޝާހީ - 313 ވޯޓު
ހިންނާ ހާލިދު - 310 ވޯޓު
އަލީ އަކްރަމް - 310 ވޯޓު
ޝަމްޝީރު ރިލްވާން - 305
އާދަމް ޝިފާއު - 312
އަލީ ނާޒިމް - 310، މިއެވެ.
މި ޖަލްސާ ބޭއްވުމާއި އެކު ޕާޓީ ރަޖިސްޓަރ ކުރުމަށް އީސީއަށް ހުށައެޅޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް