ތިން މީހަކު ކުއްޖަކަށް ވަރަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް، މައްސަލަ ބަލަނީ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ތިން މީހަކު ވެގެން ކުއްޖަކަށް ވަރަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ އެ މައްސަލަ ބަލަން ފަށައިފި އެވެ.
ފުލުހުން ވަނީ އެކަން ޔަގީންކޮށްދީފަ އެވެ. ފުލުހުން ބުނީ އަޕަ ނޯތް ޕޮލިސްގައި ހިމެނޭ ރަށެއްގައި ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ދައުރުވަމުންދާކަން ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.
އެ ކަން ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި އެ ރަށު ޕޮލިސް ސްޓޭޝަން ގުޅިގެން ބަލަމުންދާ ކަމަށެވެ.
އެ ވީޑިއޯ ނުފަތުރަން ވެސް ފުލުހުން ވަނީ އެދިފަ އެވެ. ވީޑިއޯގައި ފެންނަނީ ފަޅު ގެއަކަށް ކުއްޖާ ވައްދާ ތިން މީހަކު ވެގެން އަތާއި ފައިން ހަމަލާ ދެމުންދާ ދަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް