ރާއްޖޭގައި ސްވިޑެންގެ ކޮންސިއުލޭޓެއް ހުޅުވައިފި
ދިވެހިރާއްޖޭގައި ސްވިޑަންގެ ކޮންސިއުލޭޓެއް ހުޅުވައިފިއެވެ.
ޔޫރަޕުގެ އިރުމަތީ ޤައުމެއް ކަމަށްވާ ސްވިޑަންގެ ކޮންސިއުލޭޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއެވެ.
ކޮންސިއުލޭޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ސްވިޑެން އިން ރާއްޖެއަށް ކަނޑައަޅާފައިވާ އޮނަރަރީ ކައުންސެލް، މަރިޔަމް ވަޙީދާ ވިދާޅުވި ގޮތުގައި ރާއްޖޭގައި އަލަށް ހުޅުވުނު ކޮންސިއުލޭޓުންރާއްޖެއަށް ޒިޔާރަތްކުރާ ސްވިޑެންގެ ފަތުރުވެރިންނާއި، ރާއްޖޭގައި ދިރިއުޅޭ އެޤައުމުގެ ރައްޔިތުންގެ ޕާސްޕޯޓާއި ގުޅޭ އެކިއެކި ޚިދުމަތްތަކުގައި އެހީތެރިވެދޭނެ ކަމަށެވެ.
މަރިޔަމް ވަހީދާ އިތުރަށް ވިދާޅުވި ގޮތުގައި ތަފާތު އެކި ދާއިރާތަކުން ރާއްޖެ އާއި ސްވިޑަން އާއި ދެމެދު ގުޅުން ބަދަހި ކުރުމަށް ވެސް ކޮންސިއުލޭޓުން މަސައްކަތް ކުރާނެ ކަމަށެވެ.
ސްވިޑަންގެ ކޮންސިއުލޭޓް ހުޅުވާފައި ވަނީ ބޮޑުތަރުކުރުފާނު މަގުގައި ހުންނަ އޮކްސިޖަން ކެފޭ ހިންގާ އިމާރާތުގެ 7 ވަނަ ފަންގިފިލާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް