ވެމްކޯ ބްރިޖްދަށުން ބިޔަރު ދަޅުތަކަކާއެކު ދިވެއްސަކު އަތުލައިގަނެފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ބަނގުރާ ބޭނުންކޮށް އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން ޒުވާނަކު ހައްޔަރުކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ، މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ، ހުޅުމާލޭ ހިޔާ ޝަހަރަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ އަމާން އިބްރާހިމް ކަމަށެވެ.
ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން މިއަދު ހިންގި ހާއްސަ އޮޕަރޭޝަންގައި ކަމަށެވެ. މި އޮޕަރޭޝަންގައި، ހުޅުމާލެ ފޭސް 1، ފޭސް 2 ވެމްކޯ ބުރިޖު ދަށުން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު 24 ދަޅު ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް