ގެއްލުންތަކުގެ ބަދަލުދޭން އެއް ބިލިޔަން ޚަރަދުވެއްޖެ
ކޯޓުގެ ހުކުމްތަކާއި ގުޅިގެން ސަރުކާރުގެ ފަރާތުން އާންމު ފަރާތްތަކާއި ކުންފުނިތަކަށް ދޭންޖެހޭ ބަދަލުގެ ފައިސާ ދިނުމަށް އެއް ބިލިޔަނެއްހާ ރުފިޔާ ޚަރަދުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ އާބިޓްރޭޝަންގެ މައްސަލަތަކާއި ގުޅިގެން ދައްކަންޖެހޭ ހުރިހާ ފައިސާތަކެއް ދައްކާ ނިންމާފައިވާ ކަމަށެވެ.
އެގޮތުން ރާއްޖޭގައި ބޯޑަރ ކޮންޓްރޯލް ސިސްޓަމެއް ގާއިމްކުރުމަށް ހަވާލުކުރި މެލޭޝިޔާގެ ނެކްސްބިޒް ކުންފުނީގެ މައްސަލަ އަމީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ވިލާ ގުރޫޕްގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް އަށް ސުޕްރީމް ކޯޓުގެ ހުކުމެއްގެ ދަށުން ދައުލަތުން ދައްކަންޖެހޭ 5.6 މިލިއަން ޑޮލަރު (130 މިލިއަން ރުފިޔާ) ދައްކާފައިވާ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.
އެބޭފުޅާ ވިދާޅުވީ މިފަދަ މައްސަަލަތަކަށް ސަރުކާރުން ބަދަލުދޭން ޖެހުނީ އޭރުގެ ސަރުކާރުގެ ފަރާތުން ކޮންޓްރެކްޓުތައް ހިންގާފައި ހުރި ދޯދިޔާ ކަމުންކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް