ރޯވީ ނަސެންދުރާ ކައިރީގައި ހުރި ކުނިތަކެއްގައި: އެމްއެންޑީއެފް
އަލިފާން ރޯވީ ބާސެލޯ ނަސަންދުރާގެ އިރުމަތިން އެއްކޮށްފައިހުރި ކުނި ތަކެއްގައި ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
މިއަދު ހެނދުނު ގާތްގަޑަކަށް 10:50 ހާއިރު، ނަސެންދުރާގައި އަލިފާނުގެ ޙާދިސާއެއް ހިނގައިން ސިފައިންގެ ފަޔާ އެންޑް ރެސްކިއު ޓީމުން ގެންދިޔައީ ހަރަކާތްތެރިވަމުންނެވެ.
މީޑިއާތަކަށް އެކަމުގެ ތަފްސީލު ދެމުން އެމްއެންޑީއެފްން ބުނީ ރޯވި އަލިފާންގަނޑު މިހާރު ނިއްވާލައިފައިވާ ކަމަށާއި، އެކަމުގެ ސަބަބަުން މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށެވެ.
ސޯޝަލް މީޑިޔާގައި ދައުރުވާ ވީޑިޔޯތަކުން ފެންނަ ގޮތުން، ނަސަންދުރާ ކައިރީގައި ވަރަށް ރޯވެފައިވަނީ ވަރަށް ބޮޑުކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް