ރައީސް ނަޝީދުގެ މަޖިލީހުގެ ސުޕަރކޮމެޓީއަށް ހުށަހެޅުމަށް އެމްޑީޕީން އެއްބަހެއްނުވި!
ރައްޔިތުންގެ މަޖިލީހުގެ ފަރާތުން މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަންކުރުމާއި ވަކިކުރުމަށް ޚާއްސަ ސުޕަރ ކޮމެޓީއެއް ހެދުމަށް މަޖީލިހުގެ ރައީސް މުހައްމަދު ނަޝީދު ހުށައެޅުއްވި ޚިޔާލަށް އެމްޑީޕީގެ ޕީޖީ މެންބަރުން ދެކޮޅު ހައްދަވައިފިއެވެ.
މި ކޮމެޓީއާއި މެދު މިއަދު ބޭއްވި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި ވަނީ ވޯޓަށް އަހާފައެވެ. އެ ވޯޓުގައި ގިނަ މެންބަރުންވަނީ މި ކޮމެޓީ އުފެއްދުމާއި ދެކޮޅަށް ވޯޓު ލާފައެވެ.
އެހެންކަމުން މި ކޮމެޓީ އުފެއްދުމުގެ މަސައްކަތް ކުރިއަށް ނުގެންދާނެކަމަށް ބެލެވެއެވެ.
ރައީސް ނަޝީދު ބޭނުންފުޅުވެ ވަޑައިގެންނެވީ މި ޚާއްސަ ކޮމެޓީގައި މަޖިލީހުގައި ހަރަކާތްތެރިވާ ޕީޖީ ލީޑަރުންނާއި، ކޮމެޓީތަކުގެ މުގައްރިރުން ހިމެނެއްވުމަށެވެ.
އަދި މި ސުޕަރ ކޮމެޓީގެ މުގައްރިރުކަން ރައީސް ނަޝީދު ކުރައްވަންވެސް އެމަނިކުފާނު ބޭނުންފުޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް