ހޯމް މިނިސްޓަރގެ ބާރުތަކެއް އަލުން އިޔާދަކުރަނީ
ނިމިިދިޔަ ސަރުކާރުން ހަނިކޮށްފައިވާ ހޯމް މިނިސްޓަރގެ ބާރުތަކެއް އަނބުރާ އިޔާދަކުރުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ށ.ކޮމަންޑޫގައި އޮތް ޖަލްސާއެއްގައި ވާހަކަފުުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ ފުލުހުންގެ ގާނޫނުގައި އެވާ ހޯމް މިނިސްޓަރަށް ލިބިދޭ ބާރުތައް މި ހަފްތާ ތެރޭގައި އަނެއްކާވެސް ހޯމް މިނިސްޓަރަށް ލިބޭނެކަމަށާއި، ރައިސުލްޖުމްހޫރިއްޔާ އޭރު ނަގާފައި އޮތް ހުރިހާ ބާރުތަކެއް ދޫކޮށްލައްވާފައި ވާނެކަމަށެވެ.
އެމަނިކުފާާނު އިތުރަށް ވިދާޅުވީ ކުރީ ސަރުކާރުގެ ވިސްނުން އޮތީ ބާރުތައް ޖަމާކޮށްގެން މަރުކަޒީ ނިޒާމެއްގެ ތެރެއިން ގައުމު ހިންގުންކަމަށެވެ.
ރައީސް ޔާމީން ހަނިކުރެއްވީ ފުލުހުންގެ 16 ވަނަ މާއްދާ އިން ހޯމް މިނިސްޓަރަށް ލިބިދޭ ބާރުތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް