ސިޑިއަކުން އަރަނިކޮށް މޯދީ ވެއްޓިއްޖެ
ސިޑިއަކުން އަރަނިކޮށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ސިޑިމައްޗަށް ވެއްޓިއްޖެއެވެ.
އިންޑިއާގެ ގަންގާ ކޯރުގެ ސާފުތާހިރުކަން ބައްލަވައިލެއްވުމަށްޓަކައި މޯދީ މިއަދު ގަންގާ ކޯރު ސަރަހައްދަށް ވަޑައިގެން އުޅުއްވަނިކޮށެވެ.
ވެއްޓިވަޑައިގަތުމާއެކު ހަށިފާރަވެރިންގެ އެހީތެރިކަމާ އެކު މޯދީ ތެދުވެވަޑައިގަންނަވައެވެ.
https://www.facebook.com/sk.shahid.12/videos/2552188724880132/
އެހާދިސާގައި މޯދީއަށް ގެއލުންވި ކަމެއް ނުވަތަ ނޫން ކަމެއް ކަމާބެހޭ އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް