އެޖެންޑާ19 ގެ މަޖިލިސް ރައީސް ހަމަޖެއްސުން މިމަހު 27ވަނަ ދުވަހު
އެމްޑީޕީގެ ފަރާތުން ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ކުރިމަތިލާނެ ފަރާތެއް ހޮވުން މިމަހުގެ 27ވަނަ ދުވަހުގައި ބާއްވަން ނިންމައިިިފިއެވެ.
މި ދުވަހު އެ ފަރާތެއް ހޮވުމަށް ހަމަޖެހިފައިވަނީ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެންބަރުންގެ މެދުގައި ނެގޭ ވޯޓަކުންނެވެ.
އެމްޑީޕީގެ ތެރެއިން މަޖީލިހުގެ ރައީސްކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ފަރާތްތަކަކީ ވިލުފުށި ދާއިރާގެ އިންތިހާބީ މެންބަރު ހަސަން އަފީފް އާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމުއެވެ.
ރޭގެ ވަގުތެއްގައި ރައީސް ސޯލިހު ވަނީ އެމަގާމަށް ހަސަން އަފީފް ގެންނަވަން ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.
ޕީޕީއެމް އަދި ޕީއެންސީންވެސް ވަނީ ހަސަން އަފީފަށް ތާއިދުކުރަން ނިންމަވާފައެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް