މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
މ. މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް އެޅުމަށް މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި ސައުދީ އަރަބިއްޔާގެ އާރް.އޯ.އެސް ފޯރ ޓްރޭޑިންގް ކޮމްޕެނީއާ ދެމެދު ސޮއިކުރި މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އީނާސް ނަސީރުއެވެ. އަދި އާރް.އޯ.އެސް ފޯރ ޓްރޭޑިންގް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޑައިރެކްޓަރ ހަމަދު މުޙައްމަދު އަލްމިންހާލީއެވެ.
މަސްވެރިކަމާއި ބެހޭ ވުޒާރާއިން ބުނީ، މި މަޝްރޫޢުގެ ދަށުން މުލަކުގައި އަޅާ 500 ޓަނުގެ ކޯލްޑް ސްޓޯރޭޖްގައި ދުވާލަކު 50 ޓަނު މަސް ބްރައިން ފްރީޒްކުރުމުގެ ޤާބިލުކަން ހުންނާނެކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން، ސްޓޯރޭޖްގެ ޑިޒައިނިންގ މަސައްކަތާއެކު މި ފެސިލިޓީ އަޅައި ނިންމުމަށް 300 ދުވަސް ދެވިފައިވާކަމަށާއި، މުޅި މަޝްރޫޢަށް 5.188 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުވާނެކަމަށް އެ ވުޒާރާއިން ލަފާކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް